ޤުދުސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ✨ ތިމަން އިލާހާ… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME

Forwarded fromFEFew Minutes
💎 ޤުދުސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ.

✨ ތިމަން އިލާހާ ތިމަން އިލާހުގެ އަޅާއާ ދެމެދު، ދެބަޔަށް ނަމާދު ބެއްސެވީމެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެއް ވެއެވެ.

✨ އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދު ކޮށްފިއެވެ.

✨ އަދި އެއަޅާ (الرَّحْمَنِ الرَّحِيم) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފިއެވެ.

✨ އަދި އެއަޅާ (مَالِكِ يَوْمِ الدِّين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަންއިލާހު މަތިވެރިކޮށްފިއެވެ. – އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހާ އޭނާގެ ކަންކަން ޙަވާލުކޮށްފިއެވެ.

✨ އަދި އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) ކިޔާހިނދު ވަޙީ ކުރައްވައެވެ: މިއީ ތިމަން އިލާހާ ތިމަންއިލާހުގެ އަޅާއާ ދެމެދުވާ އެއްޗެކެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެކެވެ.

✨ ދެންފަހެ އެއަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٭ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّين) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: "މިއީ ތިމަން އިލާހުގެ އަޅާ އަށެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު ކަމެއް ވެއެވެ."

📚 صحيح مسلم 395

💎 https://t.me/FewMinute
❤8
July 21, 2026 467 3