#thawheedhafahu_namaadhey 🕌 ❞ ޢިއްޒަތާއި، ކަރާމާތާއި، މަތިވެރިކަން ލިބެނީ ﷲ سبحانه وتعالى އަށް އަޅުވެތިކަން (ޢުބޫދިއްޔާ) ޚާލިސްކުރުމުންނެވެ. އަދި ނިކަމެތިކަމާއި ދެރަކަން ލިބެނީ ﷲ سبحانه وتعالى ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުމުންނެވެ. ތިބާ ރޭގަނޑު ﷲ سبحانه وتعالى އަށް އަޅުކަން ކުރުމުގައި (ޢުބޫދިއްޔާގައި) ތިބާގެ ބޯ ތިރިކޮށް މަޑުމޮޅިވާހިނދު، ﷲ سبحانه وتعالى ތިބާގެ ބޯ ދުވާލުގެ ވަޤުތުތަކުގައާއި ތިބާގެ މުޅި ޙަޔާތުގައި ޢިއްޒަތާއެކު މަތިވެރިކުރައްވާނެއެވެ. ﷲ سبحانه وتعالى އަށް އަޅުވެތިކަން ޚާލިޞްކުރުމުގައި (ޢުބޫދިއްޔާގައި) އަޖައިބުވެގެންވާ ކަމަކީ، އެހެން ހުރިހާ ބާވަތެއްގެ އަޅުވެތިކަމެއްގައި ސާހިބުމީހާއަށް އަޅާގެ ކިބައިން މަންފާއެއް ލިބޭއިރު ، މުއުމިނެއް ﷲ سبحانه وتعالى އަށް އަޅުވެތިވުމުގައި މަންފާ ލިބެނީ އަޅާއަށެވެ. އެހެނީ ﷲ سبحانه وتعالى އީ މަޚްލޫޤުންގެ ކިބައިން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ❝ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ ނެގިފައިވަނީ ] Join:-https://t.me/Namaadh
thawheedhafahu_namaadhey 🕌 ❞ ޢިއްޒަތާއި، ކަރާމާތާއި، މަތިވެރިކަން… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME
August 5, 2026 384 2