thawheedhafahu_namaadhey Al-Jumu'ah 62:9 يَٰٓأَيُّهَا ٱلَّذِينَ… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME

#thawheedhafahu_namaadhey

Al-Jumu'ah 62:9

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ .

(9) އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ ﷲ ގެ ذِكْر ކުރުމަށް ކަލޭމެން އަވަސްވެގަންނާށެވެ. އަދި ކަލޭމެން ގަނެވިއްކުން ދޫކޮށްލާށެވެ. (ހުކުރު ވަގުތު ކަލޭމެން ވިޔަފާރި ނުކުރާށެވެ.) ކަލޭމެންނަށް އެނގޭ ކަމުގައި ވަންޏާ އެގޮތް (އެކަން) ކަލޭމެންނަށް މާ ހެޔޮވެގެން ވެއެވެ.

📄• ނޯޓް: "ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ" އޭ އޮތް ބަސްފުޅުގެ މުރާދަކީ إمام މީހާ خُطْبَة ކިޔުމަށް މިންބަރަށް އެރީމާ ދެން އެ ގޮވާ ބަންގި ގޮވުމެވެ. އެ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމޭންދެން، ވިޔަފާރިކުރުން މުޅީން حَرام ވާނެއެވެ. މަނާ ވާނެއެވެ. رَسُولُ الله ﷺ ޒަމާނުގައި خُطْبَة ފައްޓަވަނީ މެންދުރު ބަންގިއާއި ވިދިގެންނެވެ. 12.35ގައެއްނޫނެވެ...


Divehi - Abu Bakr Ibrahim Ali (Bakurube)

Join:-https://t.me/Namaadh
❤2
June 12, 2026 671 1