thawheedhafahu_namaadhey މާތް ނަބިއްޔާ މުޙަައްމަދު ﷺ ގެ މައްޗަށް… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME

#thawheedhafahu_namaadhey

މާތް ނަބިއްޔާ މުޙަައްމަދު ﷺ ގެ މައްޗަށް صَلَواة ކިޔެވުން

ﷲ تعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. " (الصَّلاة وَالسَّلام عَلَي رَسُوْلِ الله......)

އެކަމަށް މީސްތަކުން ޝައުޤުވެރިކުރުވާއި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާގެ މައްޗަށް ﷲ تعالى ދިހަ ފަހަރު ޞަލަވާތް ލައްވާނެތެވެ. އަދި އެމީހެއްގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އެމީހެއްގެ ދިހަ ދަރަޖަ މަތިކުރެވޭނެއެވެ. " ސުނަން އަން ނަސާއީ

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުން އެންމެ މަތިވެރި ވެގެންވަނީ ހުކުރު ދުވަހުގައެވެ.

Join:-https://t.me/Namaadh
June 12, 2026 267