#thawheedhafahu_namaadhey
⛔ހުކުރު ނަމާދުގެ ފަހުން ކުރާނީ ކިތައް ރަކްޢަތްކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. ސަބަބަކީ ދެކޮޅަށްވެސް ޞައްޙަ ޙަދީޘްތައް ހުރުމެވެ.
🔴ފުރަތަމަ ޤައުލު: ހުކުރު ފަހުން ކުރާނީ ދެރަކްޢަތެވެ. މި ރައުޔުގެ ދަލީލަކީ:
عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ ﷺ ((كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ ، فَيُصَلِّى رَكْعَتَيْنِ)) متفق عليه
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ހުކުރުނަމާދުން އަވަދިވެ ވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި މެނުވީ ނަމާދެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ދެރަކްޢަތެވެ.
🔴ދެވަނަ ޤައުލު: ހުކުރު ފަހުން ކުރާނީ ހަތަރު ރަކްޢަތެވެ. މިރައުޔުގެ ދަލީލަކީ:
عن أبي هريرة رضي الله عنه أن رسول الله ﷺ قال : (( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) ) رواه مسلم
.މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ހުކުރު ނަމާދުގެ ފަހުން ހަތަރު ރަކްޢަތް ކުރާ ހުށިކަމެވެ.
( ޞަޙީޙް މުސްލިމް 881 )
🔴ތިންވަނަ ޤައުލު: ދެރަކްޢަތް ކުރުމާއި ހަތަރު ރަކްޢަތް ކުރުމާއި ދެމެދު އެމީހަކު ބޭނުން ވަރެއް އިޚްތިޔާރު ކުރުން. ބޭނުން ނަމަ ދެރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ކުރުމެވެ.
🔴ހަތަރުވަނަ ޤައުލު: މިސްކިތުގައި ސުންނަތް ކުރާނަމަ ހަތަރު ރަކްޢަތް ކުރުމެވެ. އަދި ގޭގައި ކުރާނަމަ ދެރަކްޢަތް ކުރުމެވެ.
🔴ފަސްވަނަ ޤައުލު: މިސްކިތުގައި ހަތަރު ރަކްޢަތް ކުރުމަށް ފަހު އަދި ގޭގައި ދެރަކްޢަތް ކުރުމެވެ.
ކޮންމެ އަކަސް މިހުރިހާ ޤައުލު ތަކެއް ބިނާވެފައި މިވަނީ މަތީގައި ބަޔާން ކުރެވުނު ދެޙަދީޘްގެ އަލީގައެވެ. ވީމާ، މިތަނުން ކޮންމެ ޤައުލެއްގައި ހިފިނަމަވެސް -އިންޝާ ﷲ- މައްސަލަ އެއް ނެތެވެ. والله أعلم
Join:-https://t.me/Namaadh
Forwarded fromތަޥްޙީދަށް ފަހު ނަމާދެވެ.
ތަޥްޙީދަށް ފަހު ނަމާދެވެ.June 12, 2026 297