thawheedhafahu_namaadhey ⚠️ ހުކުރު ނަމާދު ދޫކޮށްލުމުގެ… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME

#thawheedhafahu_namaadhey

⚠️ ހުކުރު ނަމާދު ދޫކޮށްލުމުގެ ނުރައްކާތެރިކަން


ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:

”މީސްތަކުން ހުކުރު ނަމާދު ދޫކޮށްލުން ހުއްޓާލަންޖެހެއެވެ. ނޫންނަމަ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާނެތެވެ. އަދި އޭރުން އެބައިމީހުން ވާނީ ޣާފިލުވެފައިވާ މީހުންގެ ތެރެއިންނެވެ.“

📚 (ޞަޙީޙް މުސްލިމް 865)

އަދިވެސް ޙަދީޘް ކުރެއްވިއެވެ:

”އެއްވެސް ފަރުވާލެއް ނެތި (އެބަހީ: ފަރުވާކުޑަކޮށްލައިގެން) ވިދިވިދިގެން ތިން ހުކުރު ދޫކޮށްލައިފި މީހާގެ ހިތުގައި ﷲ ސިއްކަޖައްސަވާނެތެވެ.“

📚 (ސުނަން އަބީ ދާއޫދު 1052)


ނޯޓު: "ހިތުގައި ސިއްކަޖެއްސެވުމަކީ" ހިތުން އީމާންކަމުގެ ނޫރު ފިލައިގޮސް، ހެޔޮކަންކަމަށް ހިތް ހުޅުވޭ މަގު ބަންދުވުމެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް އުޤޫބާތެވެ.

[ އިޤްރަޢް ]

Join:-https://t.me/Namaadh
June 12, 2026 269