މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ ކޮންމެ ދެމަފިރިއަކު ވާހުށީ، ސުވަރުގޭގައި އެކުއެކީގައެވެ. ސުވަރުގޭގެ ދާންތަކުގެ މަތީގައި ލެނގިގެންނެވެ. އެކަކު އަނެކަކާއެކު އުފާވެރި ވަޤުތައް އެދެމަފިރިން ހޭދަކުރަމުން ދާނެއެވެ. ސުވަރުގޭގެ ރީތި ބަގީޗާތަކުގައެވެ. ސުވަރުގޭގެ ފޮނި މީރު ކަމުގައެވެ. ފޫހިކަމެއް ނެތިއެވެ. ވަރުބަލިކަމެއް ނެތިއެވެ. ދާއިމީ އުފަލުގައެވެ. ދާއިމީ ނިޢުމަތުގައެވެ.
އެހެންކަމުން، ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރާ މީހަކީ ތިމަންނަ އަތުގައި ހިފައިގެން ސުވަރުގެއަށް ދެވޭފަދަ ހެޔޮ ލަފާ ރަނގަޅު، އަދި މާތް ﷲ އަށް ބިރުވެތިވާ މީހަކުގައި ހަދާށެވެ.
-އައްޝައިޚް ޝަފީޢު ޢަބްދު ﷲ-

September 2, 2026 131