#thawheedhafahu_namaadhey ⚠️ ހުކުރު ނަމާދު ދޫކޮށްލުމުގެ ނުރައްކާތެރިކަން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީސްތަކުން ހުކުރު ނަމާދު ދޫކޮށްލުން ހުއްޓާލަންޖެހެއެވެ. ނޫންނަމަ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާނެތެވެ. އަދި އޭރުން އެބައިމީހުން ވާނީ ޣާފިލުވެފައިވާ މީހުންގެ ތެރެއިންނެވެ.“ 📚 (ޞަޙީޙް މުސްލިމް 865) އަދިވެސް ޙަދީޘް ކުރެއްވިއެވެ: ”އެއްވެސް ފަރުވާލެއް ނެތި (އެބަހީ: ފަރުވާކުޑަކޮށްލައިގެން) ވިދިވިދިގެން ތިން ހުކުރު ދޫކޮށްލައިފި މީހާގެ ހިތުގައި ﷲ ސިއްކަޖައްސަވާނެތެވެ.“ 📚 (ސުނަން އަބީ ދާއޫދު 1052) ނޯޓު: "ހިތުގައި ސިއްކަޖެއްސެވުމަކީ" ހިތުން އީމާންކަމުގެ ނޫރު ފިލައިގޮސް، ހެޔޮކަންކަމަށް ހިތް ހުޅުވޭ މަގު ބަންދުވުމެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް އުޤޫބާތެވެ. [ އިޤްރަޢް ] Join:-https://t.me/Namaadh
June 12, 2026 269