عن عائشة -رضي اللَّه عنها- " سمعت رسول اللَّه صلى الله عليه وسلم يقول… — Few Minutes — TG.ME

عن عائشة -رضي اللَّه عنها- " سمعت رسول اللَّه صلى الله عليه وسلم يقول في بعض صلاته: (اللَّهم حاسبني حساباً يسيراً)" ، فلما انصرف قلت " : يا رسول اللَّه: ما الحساب اليسير؟ " قال النبي صلى الله عليه وسلم , " أن ينظر في كتابه فيتجاوز له عنه إنه من نوقش الحساب يا عائشة يومئذ هلك" ".


🌸 عائشة - رضي الله عنها - ގެ އަރިހުން އައިސްފައިވާ ހަދީޘެއްގަައިވެއެވެ. ރަސޫލާ ﷺ ބައެއް ނަމާދުތަކުގައި މި ދުޢާ ކުރައްވާ އަޑު ތިމަންކަމަނާ އެއްސެވީމެވެ:

(اللَّهم حاسبني حساباً يسيراً)

🤲 "ޔާ ﷲ ! މި އަޅާއަށް ލުއިވެގެންވާ ޙިސާބަކުން ޙިސާބުބައްލާވާންދޭވެ!"

💡 ފަހެ އެކަލޭގެފާނު ނަމާދުން ފައިބައިވަޑައިގެންނެވުމުން، އެކަމަނާ ދެންނެވިއެވެ:

💎 "އޭ ﷲ ގެ ރަސޫލާއެވެ! ލުއިވެގެންވާ ޙިސާބަކީ ކޮބައިތޯއެވެ؟"

💎 ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

📖 އެއީ ﷲ سبحانه وتعالى އެމީހެއްގެ ފަތްފުށަށް (އަމަލުތައް ލިޔެވިގެންވާ ފޮތަށް) ބެއްލެވުމަށްފަހު، އޭގައިވާ ފާފަތަށް އޭނާއަށްޓަކައި ޢަފޫކުރެއްވުމެވެ.

🎯 އޭ ޢާއިޝާއެވެ! އެދުވަހުން ޙިސާބުބެއްލެވުމުގައި ދަތިކުރެވިއްޖެމީހާ ހަމަކަށަވަރުން ހަލާކުވެއްޖެއެވެ."

📚 رواه أحمد 25515
وصححه االألباني في صفة الصلاة: 3/1007

💎 https://t.me/FewMinute
❤16
August 28, 2026 617 1