"كَانَ بَعْضُ السَّلَفِ قَدْ حَفَرَ لِنَفْسِهِ قَبْرًا، فَإِذَا فَتَرَ مِنَ الْعَمَلِ نَزَلَ فِي قَبْرِهِ، فَتَمَدَّدَ فِي لَحْدِهِ ثُمَّ قَالَ: يَا نَفْسِ، قَدِّرِي أَنَّكِ قَدْ مُتِّ وَصِرْتِ فِي لَحْدِكِ، أَيُّ شَيْءٍ كُنْتِ تَتَمَنَّيْنَ؟ قَالَتْ: أُرَدُّ إِلَى الدُّنْيَا فَأَعْمَلُ فِيهَا صَالِحًا، فَيَقُولُ لَهَا: قَدْ بَلَغْتِ أُمْنِيَتَكِ، فَقُومِي فَاعْمَلِي صَالِحًا"."ސަލަފުންގެ ބައެއް ބޭކަލުން އަމިއްލަ ނަފްސައްޓަކައި ގަބުރެއް ކޮނުއްވައި އުޅުއްވިއެވެ. ފަހެ، ހެޔޮ އަމަލުކުރުމުގައި ފޫހިވެވަޑައިގެންފިނަމަ، އެ ބޭކަލުން ގަބުރަށް ފައިބައިވަޑައިގެން، ލަހުދުގައި ( ޤަބުރުގެ އަރިމަތީގައި ކޮނެފައިވާ ތަނުގައި) އޮންނަވައި އަމިއްލަ ނަފްސަށް ވިދާޅުވެއެވެ: 'އޭ ނަފްސެވެ! ތިބާ މަރުވެ، ލަހުދަށް ލެވިއްޖެކަމަށް ޤަބޫލުކުރާށެވެ! އެ ވަގުތު ތިބާ އެންމެ އެދޭނީ ކޮން ކަމަކަށް ހެއްޔެވެ؟' ފަހެ، އެ ނަފްސު ބުނާނެއެވެ: ' ހެޔޮ އަމަލުކުރުމަށްޓަކައި ދުނިޔެއަށް އަނބުރައި ފޮނުއްވުމަށެވެ.' ދެން އެ ބޭކަލުން އެ ނަފްސަށް ވިދާޅުވެއެވެ: "ތިބާގެ އެ އެދުން މިހާރު އެވަނީ ޙާޞިލުވެފައެވެ. ފަހެ ތިބާ ތެދުވެ ހެޔޮ އަމަލުކުރާށެވެ!'" وصية لابن قدامة https://t.me/FewMinutet.me/FewMinute/1645Translate1822August 27, 2026 584 4