#thawheedhafahu_namaadhey 🕌ޚުޠުބާ ކިޔަމުންދާ ވަގުތު ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާ ދުރުވެގަންނާށެވެ! ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (مَنْ مَسَّ الْحَصَى فَقَدْ لَغَا) (ރިވާކުރެއްވީ މުސްލިމް 857) "(ޚުޠުބާ ކިޔަމުންދާ ވަގުތު) އޮށްގަލާ ކުޅޭ މީހާ ހަމަކަށަވަރުން (ހުއްދަ ނޫން) ބާޠިލު ކަމެއް ކޮށްފިއެވެ." އެ ޒަމާނުގައި ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތުގައި ކުނަލެއް ދޫލައެއް އަޅައިފައެއް ނުވެއެވެ. މިސްކިތުގައި ހުންނަނީ ވެއްޔެވެ. ވީމާ, ޚުޠުބާ އަޑުއަހަން އިންނަ އިނުމުގައި ގާކޮޅުކޮޅާ ކުޅުންފަދަ ކަމެއް ކުރުމަކީ, ޚުޠުބާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެ ކަމަށްވާތީ އެއީ ބާޠިލު ކަމެއް ކަމުގައި ލައްވާފައި ވަނީއެވެ. މި ޒަމާނުގައިވެސް ޚުޠުބާ ދެމުންދާ ވަގުތު އެކަކު އަނެކަކާ ވާހަކަދެއްކުމާއި ފޯނާ ކުޅުމާއި އަދި ފޯނުން ފޮޓޯނަގާ ވީޑިއޯ ކުރާ މަންޒަރު ފެންނަނީ މަދެއްކޮށް ނޫނެވެ. ވީމާ މިފަދަ ކަންކަމުން ދުރުވެގަތުމަށް ނަޞޭޙަތްތެރި ވަމެވެ. Join:-https://t.me/Namaadh
thawheedhafahu_namaadhey 🕌ޚުޠުބާ ކިޔަމުންދާ ވަގުތު ފޮޓޯ ނެގުމާއި… — ތަޥްޙީދަށް ފަހު ނަމާދެވެ. — TG.ME
June 12, 2026 245