وَٱلَّذِینَ یُؤۡتُونَ مَاۤ ءَاتَوا۟ وَّقُلُوبُهُمۡ وَجِلَةٌ أَنَّهُمۡ… — Few Minutes — TG.ME

{ وَٱلَّذِینَ یُؤۡتُونَ مَاۤ ءَاتَوا۟ وَّقُلُوبُهُمۡ وَجِلَةٌ أَنَّهُمۡ إِلَىٰ رَبِّهِمۡ رَ ٰ⁠جِعُونَ }

📚 سورة المؤمنون 60

💔 އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ހަޟްރަތަށް ހަމަކަށަވަރުން އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު (ޞަދަޤާތުގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ.

🌸 قالت عائشة: " أهم الذين يَشرَبونَ الخَمرَ ويَسرِقونَ؟" قال:" لا يا بِنتَ الصِّديقِ، ولكِنَّهم الذين يصومون ويُصَلُّونَ ويتصَدَّقون وهم يخافون ألَّا تُقبَلَ منهم، أولئك الذين يسارِعونَ في الخيراتِ وهم لها سابِقونَ."

💐 ޢާއިޝާ رضي الله عنها މި އާޔަތާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ.
" އެއީ ރާބޮއެ ވައްކަންކުރާ މީހުންތޯއެވެ؟"

💎 އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"ނޫނެކޭ އޭ ޞިއްދީޤުގެ ދަރިކަނބަލުންނޭވެ ! އެހެންނަމަވެސް އެއީ ރޯދަހިފައި، ނަމާދުކޮށް، އަދި ޞަދަޤާތްކުރާ މީހުންނެވެ.

💡 އެއާއިއެކުވެސް އެޢަމަލުތައް ޤަބޫލުނުވެދާނެތީ އެބައިމީހުން ބިރުވެތިވެއެވެ. އެއީ ހެޔޮކަންތަކަށް އަވަސްވެގަންނަ، އަދި އެކަމުގައި ކުރިއަރައިދާ މީހުންނެވެ."

📚 الترمذي (3175)

💎 https://t.me/FewMinute
❤14
August 30, 2026 484 2