قال ابن القيم - رحمه الله -" خير أيام العبد على الإطلاق وأفضلها يوم توبته إلى الله وقبول الله توبته."زاد المعاد لإبن القيم 512/3"އަޅަކަށް ހަޔާތުގައި ބައްދަލުވާނެ އެންމެ ހެޔޮ އަދި އެންމެ މާތް ދުވަހަކީ އޭނާ ﷲ سبحانه وتعالى އަށް ތައުބާވެ، އެ ތައުބާ އެކަލާނގެ ޤަބޫލުކުރައްވާ ދުވަހެވެ." قال رسول الله - صلى الله عليه وسلم - لكعب بن مالك رضي الله عنه لما تاب الله عليه بعد تخلفه عن غزوة تبوك :"أبشر بخير يوم مر عليك منذ ولدتك أمك" متفق عليه ކައުބު ބިން މާލިކް رضي الله عنه ތަބޫކު ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގަނެ ފަހަތަށް ޖެހިވަޑައިގަތުމަށްފަހު الله سبحانه وتعالى އެކަލޭގެފާނުގެ ތައުބާ ޤަބޫލުކުރެއްވުމުން ރަސޫލާ ﷺ ކަޢުބު ބިން މާލިކް رضي الله عنه އަށް ހަދީޘްކުރެއްވިއެވެ. "ތިބާގެ މަންމަ ތިބާ ވިހެއި ދުވަހުން ފެށިގެން އަދާ ހަމައަށް ތިބާއަށް ތަޖުރިބާ ކުރެވުނު އެންމެ ހެޔޮ ދުވަހުގެ އުފާވެރި ޚަބަރު ލިބިގަންނާށެވެ. https://t.me/FewMinutet.me/FewMinute/1642Translate17August 24, 2026 709 1