މިސްކިތު ޖަމާޢަތުގައި ނަމާދުކުރުމުން ތިބާ އުޒުރުވެރި ކުރުވަނީ ކޮން… — Few Minutes — TG.ME

❓މިސްކިތު ޖަމާޢަތުގައި ނަމާދުކުރުމުން ތިބާ އުޒުރުވެރި ކުރުވަނީ ކޮން ކަމެއްތޯއެވެ؟

💎 އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

💔 ނަބިއްޔާ ﷺ ގެ އަރިހަށް ލޯފަން ބޭކަލަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ތިމަންކަލޭގެފާނު މިސްކިތަށް ގޮވައިގެންދާނެ އެހީތެރިއަކު ނުވެއެވެ."

📣 ފަހެ، އެކަލޭގެފާނުގެ ގޭގައި ނަމާދުކުރުމަށް ރަސޫލާ ﷺ ގެ އަރިހުން އިޒުނައަށް އެދުމުން، އެކަލޭގެފާނު އެކަމަށް އިޒުނަ ދެއްވިއެވެ. ދެން އެމީހާ އެނބުރި ދާން ފެށުމުން އެކަލޭގެފާނު އެމީހާއަށް ގޮވާލައްވައި ހަދީޘް ކުރެއްވިއެވެ: "ނަމާދަށް ގޮވާ އަޑު (ބަންގި) ތިބާއަށް އިވޭހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "އާދޭހެވެ."

⚠️ އެކަލޭގެފާނު ﷺ ހަދީޘް ކުރެއްވިއެވެ: "ފަހެ، (އެ ގޮވައިލުމަށް) އިޖާބަދޭށެވެ! (މިސްކިތަށް ނަމާދަށް އަންނާށެވެ!)"

📚 صحيح مسلم [ 653 ]

💎 https://t.me/FewMinute
❤13
August 20, 2026 774 2