އުންމީދު ކަނޑާނުލާށެވެ. ނަފްސު ބަދަލުކޮށްލާށެވެ. 💎 الله ﷻ… — Few Minutes — TG.ME

🥀 އުންމީދު ކަނޑާނުލާށެވެ. ނަފްސު ބަދަލުކޮށްލާށެވެ.
💎 الله ﷻ ވަޙީކުރައްވާފައިވެއެވެ:

إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ


💡 "ބަޔަކު މީހުން އެބައިމީހުންގެ އަމިއްލަ ނަފްސްތަކުގައިވާ ކަންތައް ބަދަލުކޮށްފުމަށް ދާންދެން، الله އެބައިމީހުންގެ ޙާލަތެއް ބަދަލެއް ނުކުރައްވާނެއެވެ."

📚(سورة الرعد : 11)

💔 ތިބާގެ ކުޑައިރުގެ ދުވަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކެއް ކަމުގައި ވެދާނެއެވެ. ތިބާގެ ހިތުގައިވާ ޒަޚަމްތަށް ފުން ވެދާނެއެވެ. ތިބާ ކުރިމަތިލީ ހުރަސްތަކާއި ކުރި ހަނގުރާމަތައް އެއްވެސް މީހަކަށް ނުވިސްނެނީ ކަމުގައިވެސް ވެދާނެއެވެ.

🔥 ނަމަވެސް، ތިބާގެ މާޒީގެ ސަބަބުން ތިބާގެ މުސްތަޤްބަލު ވަނީ ނިންމާފައި ކަމަށްބުނެ ޝައިޠާނާ ތިބާ މަގުފުރެއްދިޔަ ނުދޭށެވެ.

🌸 ތައުބާގެ ދޮރުތައްވަނީ ހުޅުވިފައެވެ. ތިބާގެ ވެރިރަސްކަލާނގެ ދުވާލަކު ފަސްފަހަރު އަދިވެސް ތިބާއަށް ގޮވާލައްވައެވެ. ތިބާގެ ޢަމަލުތަކުގެ ފޮތް އަދިވެސް ދަނީ ލިޔެވެމުންނެވެ. ސުވަރުގޭގެ ދޮރުތައް ތިބާއަށް އަދިވެސް ބަންދެއް ނުވެއެވެ.

💎 https://t.me/FewMinute
❤21💯3
August 19, 2026 777 2