الله تعالى ވަޙީކުރައްވާފައިވެއެވެ : وإذا كنت فيهم فأقمت لهم الصلاة… — Few Minutes — TG.ME

💎 الله تعالى ވަޙީކުރައްވާފައިވެއެވެ :

وإذا كنت فيهم فأقمت لهم الصلاة فلتقم طائفة منهم معك وليأخذوا أسلحتهم فإذا سجدوا فليكونوا من ورائكم ولتأت طائفة أخرى لم يصلوا فليصلوا معك


🔥 އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ!

📚 النساء / 102 .


📌މި އާޔަތާ ބެހޭގޮތުން އިބްނުލް މުންޛިރް رحمه الله ވިދާޅުވެފައިވެއެވެ:

ففي أمر الله بإقامة الجماعة في حال الخوف : دليل على أن ذلك في حال الأمن أوجب .


💡 މިއާޔަތުގައި الله ތަޢާލާ ބިރުވެރިކަމުގެ ޙާލަތުގައި ޖަމާޢަތުގެ ނަމާދު ކުރުމަށް އަމުރުކޮށްފައިވުމުން ދަލީލު ލިބެނީ:
އަމާންކަމުގެ ޙާލަތުގައި ޖަމާޢަތުގެ ނަމާދު ވާޖިބުކަން ބޮޑުވެގެންވާ ކަމެވެ.

📚" الأوسط " ( 4 / 135 )

💎 https://t.me/FewMinute
❤11🔥1💯1
August 18, 2026 1.1K 1