At-Takwir 81:26
فَأَيۡنَ تَذۡهَبُونَ
(26) قُرْآن އަށް ފުރަގަސްދީފައި ދެންކަލޭމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަދި ނުވަތަ ކަލޭމެނަށް އޮތީ އެއަށްވުރެ ރަނގަޅު ކޮންމަގެއްހެއްޔެވެ؟
At-Takwir 81:27
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
(27) އަދި އެ قُرْآن އެއީ عَالَم ތަކުގެވެރި رَبُّ ގެ حَضْرَةُ ން ބާވާތްލައްވާފައިވާ ذِكْرُ އެއްކަމުގައި މެނުވީ ނުވެއެވެ.
At-Takwir 81:28
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
(28) ކަލޭމެންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.
At-Takwir 81:29
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
(29) އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.
@NoorunAlaaNur
Forwarded fromنور على نور
August 17, 2026 99